ދެކުނު އެފްރިކާއިން ފެނުނު ކޯވިޑް ގެ ވޭރިއަންޓު އެމެރިކާއިން ފެނިއްޖެ

Tue, 23 Feb 2021 01:00 PM

View on this article on DhiDaily

ދެކުނު އެފްރިކާއިން ފެނުނު ކޯވިޑް ގެ ވޭރިއަންޓު އެމެރިކާއިން ފެނިއްޖެ

އެމެރިކާއިން ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް 19 ގެ ވައްތަރުވެސް ފެނިއްޖެކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

ADVERTISEMENT

އެމެރިކާއިން މިހާރު އެފްރިކާއިން ފެނުނު ވައްތަރު ފެނިފައިވާއިރު މީގެ ކުރިން އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ވައްތަރުވެސް އެގައުމުން ވަނީ ފެނިފައެވެ.

އެމެރިކާއިން ކޮވިޑް 19 ގެ މި ވައްތަރު ފެނިފައި މި ވަނީ އެ ގައުމުގެ އަވަށެއް ކަމައްވާ ނިއުޔޯކުންނެވެ. ނިއުޔޯކުން މި ވައްތަރަށް ފައްސިވެފައިވަނީ އެ ސްޓޭޓްގެ ހިސާބެއް ކަމަށްވާ ނަސައުގައި ދިރިއުޅެމުންދާ މީހެކެވެ.

ދެކުނު އެފްރިކާއިން ފެނިފައިވާ ވައްތަރު އެގައުމުގައި ފެނިފައިވަނީ ނިއުޔޯކުންކަން ކަށަވަރު ކޮށްދީފައިވަނީ އެމެރިކާގެ ނިއުޔޯކުގެ ގަވާނަރު އެންޑްރިއު ކޫމޯއެވެ. އޭނާ ބުނީ މީގެ ކުރިން އެގައުމުގެ އެހެން އަވަށްތަކުންވެސް މި ވައްތަރު ފެނިފައިވާ ކަމަށް ބުނި ނަމަވެސް އެކަން މިހާތަނަށް ކަށަވަރުވެފައިނުވާ ކަމަށެވެ.

ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އުސޫލުތަކަށް ތަބާވެގެން ތިބޭނަމަ އެކަމުން ސަލާމަތްވާނެ ކަމަށާއި މިހާރުދަނީ އެފަދަ ވައްތަރުތަކަށް ވެކްސިން އުފައްދަމުން ކަމުގައިވެސް ކޫމޯ އިތުރަށް ބުނެފައިވެއެވެ.