ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

Fri, 10 May 2024 12:00 AM

View on this article on Raajje.mv

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.



މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ގެޒެޓްކޮށްފައިވާ މިގަވާއިދު ބުނާގޮތުން ވިލިނގިލީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 ފޫޓެވެ. އެއީ 10 ބުރީގެ އިމާރާތެއް ހުންނަ އުސްމިނެވެ.

ގަވާއިދަށް ބަދަލު ގެނައުމާ ހަމައަށް ވިލިމާލޭގައި އިމާރާތްކުރެވެނީ އެންމެ މައްޗަށްވެސް ހަ ބުރިއަށެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ ޢިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީވެސް 10 ބުރިއަށްކަމަށެވެ. އަދި މިފަދަ އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެއެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ މި އުސޫލު ބަދަލުކުރުމުގެ ވައުދާއެކުއެވެ. އަދި ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އެވައުދު ވެވަޑައިގެންނެވިއެވެ.



More from Raajje.mv