އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން

Thu, 09 May 2024 03:44 PM

View on this article on Raajje.mv

އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީ, އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫންކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.



ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ސައްމާޙުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅައި އެކަމުގައި ގޮތެއް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މޫސާ އަހުމަދު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައިގައި ކުރި ޙުކުމުގައި ބުނެފައިވަނީ، ސައްމާޙުގެ މައްޗަށް ކޮށްފައިވާ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

ދައުލަތުން އެ ނިންމުން އިސްތިއުނާފު ކޮށްފައިވާއިރު، ދައުލަތުން ވަނީ މުުޖުތަމައުގެ ސަަލާމަތާއި ރައްކާތެރިކަމަށް ބަލައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެން އޭނާ ބަންދުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ސައްމާހު ބަންދު ކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އެ ނިންމުން އިލްތިމާސް ކުރީއެވެ.

އަދި ސުޕްރީމް ކޯޓުން މިހާރު މިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.



More from Raajje.mv