ގާފަރު ފަޅުން 16 ރަށް ހިއްކަން އެޓޯލް ވަރކްސްއާ ހަވާލުކޮށްފި

Thu, 09 May 2024 12:27 PM

View on this article on Raajje.mv

ގާފަރު ފަޅުން 16 ރަށް ހިއްކަން އެޓޯލް ވަރކްސްއާ ހަވާލުކޮށްފި

ކ ގާފަރު ފަޅުން 16 ރަށް ހިއްކަން އެޓޯލް ވަރކްސްއާ ހަވާލުކޮށްފިއެވެ.



562 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެޓޯލް ވޯރކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުގައި މި ކުންފުންޏަކީ މިއަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓަރ ކޮށްފައިވާ ކުންފުންޏެކެވެ.

މިއީ ގާފަރު އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްޤީ ކުރުމަށް ޖުމްލަ 16 ރަށް ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ.



More from Raajje.mv