އައްޑޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

Thu, 02 May 2024 12:40 PM

View on this article on Raajje.mv

އައްޑޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ތައިލެންޑުގެ ތިން އަންހެނުން ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސްޕާ ތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ހަށިވިއްކާކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި މާލެސިޓީގައި ވެސް ޚާއްސަ އޮޕަރޭޝަންތައް ހިންގާއިރު، މިފަދަ ތަންތަން ވަރަށް ގިނަ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.



More from Raajje.mv