ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓު، އެކަކަށް އައިސީޔޫގައި ފަރުވާ ދެނީ

Mon, 29 Apr 2024 02:58 PM

View on this article on Raajje.mv

ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓު، އެކަކަށް އައިސީޔޫގައި ފަރުވާ ދެނީ

ފުވައްމުލައް ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.



ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީގެ އެއާޕޯޓު ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް އެތަނުން ނެއްޓިގެން ދާން ކުރި މަސައްކަތުން، ސައިކަލު ކަހާލައިގެން ވެއްޓި ސައިކަލު ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމެންދާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ރޭގެ 10:48 ހާއިރު ފުވައްމުލައް ސިޓީގައި 2 ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 3 މީހުންނަށް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމެންދާކަމަށާއި އަދި އެތަނުން އެކަކުގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.

މިދެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.



More from Raajje.mv