ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ހަބީބާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

Mon, 29 Apr 2024 02:28 PM

View on this article on Raajje.mv

ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ހަބީބާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމަށް ފާތިމަތު ހަބީބާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.



ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި ދެ ނަމަކަށް ވޯޓަށް ވަނީ އަހާފައެވެ. އެއީ ދަފްތަރު 9472، ފާތުމަތު ހަބީބާ އާއި ދަފްތަރު ނަންބަރު 7505، އަބްދުލް ހަސީބު އިސްމާއިލް އެވެ.

އެގޮތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން ހަސީބަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ރުހުން ނުދިނުމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ.

މީގެ އިތުރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވޯޓާއެކު ހަބީބާގެ ނަން ވަނީ ފާސްކޮށްފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. 

މިހާރު އެކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.



More from Raajje.mv