ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

Mon, 29 Apr 2024 12:28 PM

View on this article on Raajje.mv

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ސިޔާޒު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފިއެވެ.



ސިޔާޒު އެމަގާމަށް އައްޔަންކުރެއްވިކަން ބައެއް މީޑިއާތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަދި ސިޔާޒު މިހާރު ވަނީ ރަސްމީކޮށް އެމަގާމާއި ހަވާލުވެވަޑައިގެންފައެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތުގައި 2019 ވަނަ އަހަރުން ފެށިގެން ޔާމީންގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތަކުގައި ސިޔާޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި 18 އޭޕްރީލް 2024 ގައި ބޭއްވި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގައި ވެސް ސިޔާޒު ބައިވެރިވެވަޑައިގަތެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާޒް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަންކުރެއްވި ނަމަވެސް ސިޔާޒު ގެންދަވާނީ ޔާމީންގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވަމުންނެވެ.



More from Raajje.mv