ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި

Sat, 20 Apr 2024 10:46 AM

View on this article on Raajje.mv

ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި

ހއ.ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.



ހުކުރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދު އެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ.

މިމަޝްރޫއުގެ ދަށުން ދިއްދޫއިން 71.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މިމަޝްރޫއަށް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތާއި، ހޭދަވާ ފައިސާގެ ތަފްސީލް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ށ. ބިލެތްފަހި އަދި ތ. ވިލުފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި ތ.ގުރައިދޫ، ށ.ކޮމަންޑޫ، އަދި ށ.މިލަންދޫ އެއަޕޯޓްގެ މަޝްރޫއާއި ގުޅުންހުރި މަސައްކަތްތައް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.



More from Raajje.mv