ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

Thu, 18 Apr 2024 06:52 PM

View on this article on Raajje.mv

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އަބްދުލް ރަޙްމާން އިސްމާއިލް ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯޒްކޮށްފިއެވެ.



އަލީ ވަހީދުގެ ނަން ކުޅުދުއްފުށި ކެމްޕެއިން ނިންމާ "ވަތަނީ ބާރާއި ހައްގުވި މިންވަރު ޖަލްސާ" މިރޭ ރާއްޖެޓީވީ އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ޖަލްސާ އޮންނާނީ މިރޭގެ 08:50ގައެވެ.

އަލީ ވަހީދަކީ މީގެ ކުރިން ތޮއްޑޫ ދާއިރާގެ މެމްބަރުކަމާއި ސަރުކާރުގެ ވަޒީރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.



More from Raajje.mv