ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފްކުރެވޭނެ ގޮތްތަކެއް މިދަނީ ހަދަމުން: ރައީސް

Tue, 19 Sep 2023 11:50 PM

View on this article on Raajje.mv

ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފްކުރެވޭނެ ގޮތްތަކެއް މިދަނީ ހަދަމުން: ރައީސް

ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފްކުރެވޭނެ ގޮތްތަކެއް ހަދަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް ސްޓޫޑެންޓް ލޯނު ނަގާފައިވާ ގިނަ އަދަދެއްގެ ބަޔަކު އެދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. އަދި އެކަމަށް ލުޔެއް ހޯދައިދިނުމަށް އަންނަނީ އެދެމުންނެވެ.

Advertisement

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ގޭގެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވުނީ މާކުރިއްސުރެ ނަގާފައިވާ ސްޓޫޑެންޓް ލޯނުކަމަށެވެ. ލޯނު ނުދެއްކުމުގެ ސަބަބުން ކޯޓާ ހިސާބަށް ހިނގައިދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކަށް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

މާކުރިން ނަގާފައިވާ ސްޓޫޑެންޓް ލޯނު ދެއްކުމުގައި ހުރި ދަތިތަކުގެ ވާހަލަކަ. ބައެއް ކުދިން ދެތިން ހަތަރު ފަހަރު ނުދެއްކުމުގެ ސަބަބުން ކޯޓާ ހިސާބަށް ހިނގާދާނެކަމުގެ ކަންބޮޑުވުން އެބައޮތް. ދަންވަންތޯ އެކަމާއި ކަންބޮޑުނުވުމަށް އަޅުގަނޑުމެން ދަންނަވަން. އަޅުގަނޑުމެން މިދަނީ ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފްކުރެވޭނެ ގޮތްތަކެއް ހޯދަމުން. އިރާދަކުރެއްވިއްޔާ އެހެން ތިބި ހުރިހާ ކުދިންނަށް އެލުއި އަޅުގަނޑުމެން ދޭނަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މިއަހަރުގެ ރިޔާސީ ބަޔާން ދެއްވަމުން ރައީސް ވަނީ ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ 1 އިންސައްތައަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކައި ސްޓޫޑަންޓް ލޯނު ސަރުކާރުން ވަނީ ރީ-ސްޓަރަކްޗަރ ކޮށްފައެވެ. އެގޮތުން ކުރިން 5 އިންސައްތައިގައިހުރި އިދާރީ ފީ 1 އިންސައްތައަށް ވަނީ ކުޑަ ކޮށްފައެވެ.


More from Raajje.mv