ވެރިކަމުގެ ނިޒާމު ބަދަލުކުރުމާގުޅޭ ގަރާރު ބަލައިގަނެ، ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް

Tue, 19 Sep 2023 07:26 PM

View on this article on Raajje.mv

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާގުޅޭ ގަރާރު ބަލައިގަނެ، ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް

ދިވެހި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ ޑިމޮކްރަޓްސް މެމްބަރު އިލްޔާސް ލަބީބެވެ. މިގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން ވަނީ، ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައެވެ.

Advertisement

ގަރާރު ބަލައިގަތުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވީ މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒެވެ. މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަވާނީ ބުދަ ދުވަހުގެ ހެނދުނު ކަމަށެވެ. މި ގަރާރާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީ މަސައްކަތް ބުދަ ދުވަހު ކުރިއަށްގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މި ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކުރަންވެސް މިއަދުގެ ދުވަހުގެ ޖަލްސާގައި ފާސްކުރިއެވެ.  


More from Raajje.mv