ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަހާއި، 40 މިލިއަން ރުފިޔާ ބޭނުންވޭ: އީސީ

Tue, 19 Sep 2023 02:19 PM

View on this article on Raajje.mv

ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަހާއި، 40 މިލިއަން ރުފިޔާ ބޭނުންވޭ: އީސީ

ނިޒާމީ ވޯޓެއް ނަގަން މަދުވެގެން 30 ދުވަހާއި، 40 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ނިޒާމީ ވޯޓު ނެގުމަށް ދި ޑިމޮކްރެޓުން ގޮވާލަމުންދާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސް އިސްމާއިލް ޙަބީބު ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށެވެ.

އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

Advertisement

ޙަބީބު އިތުރަށް ވިދާޅުވީ، އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.

އޭގެ އިތުރުން، ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއްކަންވެސް އީސީން ވަނީ ފާހަގަކޮށްފައެވެ.

އީސީން އެހެން ބުނެފައިވާއިރު ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ދަނީ ގޮވާލަމުންނެވެ.


More from Raajje.mv