ސިވިލް ސޮސައިޓީ އެވޯޑް 10 ޖަމިއްޔާއަކަށް

Thu, 08 Jun 2023 10:24 PM

View on this article on Raajje.mv

ސިވިލް ސޮސައިޓީ އެވޯޑް 10 ޖަމިއްޔާއަކަށް

ސިވިލް ސޮސައިޓީ އެވޯޑް 10 ޖަމިއްޔާއަކަށް ދީފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް އެވޯޑް ހަފްލާގައި ޖަމިއްޔާތަކަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

މި އެވޯޑަކީ، އިޖުތިމާއީގޮތުން ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން، ޖަމިއްޔާތައް ނިސްބަތްވާ މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ތަފާތު ގޮތްގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމިއްޔާތަކަށް ގައުމީ ފެންވަރުގައި ދިން އެވޯޑެކެވެ.

އެވޯޑްތައް ލިބުނު ޖަމިއްޔާތަކާއި ދާއިރާތައް:

  • އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ އެވޯޑް: ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • ހާއްސަ އެހީގެ ދާއިރާ އެވޯޑް: ކެއަރ ސޮސައިޓީ
  • ތައުލީމީ ދާއިރާ އެވޯޑް: އިހަވަންދޫ މަސްވެރިންގެ ގުޅުން
  • ދިވެހި ސަގާފަތާއި އާދަކާދަތަކާއި ތާރީހީ ތަރިކަ އަދި ދިވެހި ބަސް ދިރުވުމުގެ އެވޯޑް: ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމިއްޔާ
  • ތިމާވެށީގެ ދާއިރާ އެވޯޑް: ނައިފަރު ޖުވެނައިލް
  • ސިއްހީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމައަކަށް މަސައްކަތް ކުރުމުގެ އެވޯޑް: އޭޖްޑް ކެއަރ މޯލްޑިވްސް
  • ސްޕެޝަލް ރެކޮގްނިޝަން އެވޯޑް: ޖަމިއްޔަތުއް ތައާވުން، ޑޭލައިޓް ކްލަބް، ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ، ގާލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސިވިލް ސޮސައިޓީ އެވޯޑް ހަފްލާގެ ތެރެއިން
ސިވިލް ސޮސައިޓީ އެވޯޑް ހަފްލާގެ ތެރެއިން

ސިވިލް ސޮސައިޓީ އެވޯޑަކީ ޔޫތު މިނިސްޓްރީން މުޅިން އަލަށް ތައާރަފުކޮށްފައިވާ އެވޯޑެކެވެ.



More from Raajje.mv