ޓްރީ ޓޮޕް ހޮސްޕިޓަލުން އެސްޓަރ މެޑްސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Thu, 08 Jun 2023 07:00 PM

View on this article on Raajje.mv

ޓްރީ ޓޮޕް ހޮސްޕިޓަލުން އެސްޓަރ މެޑްސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން، އެސްޓަރ މެޑްސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ސްޕެޝަލައިޒްޑް ޑޮކްޓަރުން ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށްޓަކައި، އެސްޓަރ މެޑްސިޓީ މެދުވެރިކޮށް، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން، ވިޒިޓިންގ ޑޮކްޓަރުންގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ބައްލަވާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ސްޕެޝަލްޓީތަކުގެ ތެރޭގައި؛ ޔޫރޮލޮޖީ، ނިއުރޮލޮޖީ، އެނެސްތެޝިއޮލޮޖީ، ޕަލްމޮނޮލޮޖީ، ޕީޑިއޭޓްރިކް އޯތޮޕެޑިކް ސަރޖަރީ، ހެމަޓޮލޮޖީ، އޮޓޯރިނޮލަރިންގޮލޮޖީ (އީއެންޓީ)، އޯތޯޕެޑިކް ސަރޖަރީ، އޯތޮޑޮންޓިކްސް، އަދި ކުރިއަށް އޮތްތަނުގައި ބޭނުންވެދާނެ އެހެން ސްޕެޝަލިޓީތައް ހިމެނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޓްރީ ޓޮޕް ހޮސްޕިޓަލުން ދެވިގެންދާ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ އާ ހިދުމަތްތައް ފަށައި، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.



More from Raajje.mv