މިލަންދޫގައި އޯގަނައިޒޭޝަނަލް ކޮލަބަރޭޝަން އެންޑް ސޯޝަލް ހާރމަނީ ފޯރަމް ކުރިއަށް ގެންގޮސްފި

Thu, 08 Jun 2023 05:18 PM

View on this article on Raajje.mv

މިލަންދޫގައި އޯގަނައިޒޭޝަނަލް ކޮލަބަރޭޝަން އެންޑް ސޯޝަލް ހާރމަނީ ފޯރަމް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ށ. މިލަންދޫގައި މިހާރު ކުރިއަށްގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން ''އޯގަނައިޒޭޝަނަލް ކޮލަބަރޭޝަން އެންޑް ސޯޝަލް ހާރމަނީ ފޯރަމް'' ކުރިއަށް ގެންގޮސްފިއެވެ.

ދެދުވަހަށް ކުރިއަށް ގެންދިޔަ މި ފޯރަމަކީ ރަށުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން، 31 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ ފޯރަމެކެވެ.

ކުށް މަދު، އަމާން، ރައްކާތެރި ރަށަކަށް މިލަންދޫ ހެދުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ފުލުހުންނާއި މުއައްސަސާތައާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރެވިދާނެ ތަފާތު އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކޮށް، އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މި ފޯރަމުގައި މަސައްކަތްކޮށްފައިވެއެވެ.

އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން، ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.



More from Raajje.mv