ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަނީ

Fri, 26 May 2023 03:32 PM

View on this article on Raajje.mv

ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަނީ

ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީ ވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފަ އެވެ.

ގަވާއިދުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދު އަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނުވަތަ މީގެ ކުރިން ބޭނުންކުރެވެމުންދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ވަޒީފާ އަދާކުރަމުންދާ ބިދޭސީންނަށް މިގަވާއިދުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރެގިއުލަރައިޒްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދު އެކުލަވާލުމުގެ ކުރިން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އެކުލަވާލައިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދައެއް ލިބިފައިވާ ބިދޭސީއެއް ކަމުގައިވާންޖެހެއެވެ. މީގެ އިތުރުން ރެގިއުލަރައިޒް ކުރަން ހުށަަހަޅާ ބިދޭސީންނާ ހަވާލުވެވޭނީ ވަޒީފާ އަދާކުރުމާ ގުޅޭ ގޮތުން އެކުލަވާލާ ގަވައިދަކާ ހިލާފުވެފައި ނުވާ ނަމަ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވައިދަށް ވެއްދުމަށް އެދޭ ބިދޭސީންނަކީ ސައްހަ ހުއްދައެއްގައި ރާއްޖެ އައިސް، ހޯދަންޖެހޭ އެހެން ހުއްދަތައް ނުހޯދާ ތިބި ބިދޭސީންނަށް ވާންޖެހެ އެވެ. އެފަދަ ބިދޭސީން ގަވައިދަށް ފެތެން އެދި ހުށަހެޅުމުން އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަރުހަލާގައި އިކޮނޮމިކް މިނިސްޓްރީން އަންގާ ތަނަކަށް ބިދޭސީ މީހާ ގެންދަންޖެހޭނީ ވަޒީފާ ދޭ ފަރާތުން ކަމަށް ބަޔާންކޮށްފައިވެއެވެ.

މިގަވާއިދުގެ ދަށުން ރެގުއުލަރައިޒް ކުރެވޭ ފަރާތްތަކަށް ރެގިއުލަރައިޒް ކުރުމަށް ޚާއްސަކޮށްގެން ވަޒީފާދޭ ފަރާތްތަކަށް ޚާއްސަކޯޓާއެއް ދޫކުރާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.


More from Raajje.mv