އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Sat, 25 Mar 2023 11:02 AM

View on this article on Raajje.mv

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯހުގެ ދާއިރާއަކީ މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ އަދި މާސްޓަރސް އޮފް ހިއުމަނިޓީސް އިން އިންޓަރނޭޝަލް މެރިޓައިމް ލެޖިސްލޭޝަން އެވެ.

ކޯސް ފުރިހަމަ ކުރުމަށް ދާން ޖެހޭ ގައުމަކީ މޯލްޓާކަން ފާހަގަކޮށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕް ފުރުސަތަށް ހޮވޭ 2 ކެންޑިޑޭޓުންގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ. އެޕްލައި ކުރާ ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭއިރު، އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. ނަމަވެސް މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ.

Advertisement

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އެޓެސްޓް ކޮށްފައިވާ އޮރިޖިނަލް އަދި ކޮޕީ ސެޓެއް 3 އެޕްރީލް 2023 ވާ ހޯމަ ދުވަހުގެ 10:00 ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި، ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓް ވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 02 އެޕްރީލް 2023 ވާ އާދީއްތަ ދުވަހު 10:30 އެވެ.



More from Raajje.mv