މަގޭ ދަރީންނޭ ﷲ އަށް ބިރުވެތިވޭ

Thu, 22 Jul 2021 01:01 AM

View on this article on Adhives Online

މަގޭ ދަރީންނޭ ﷲ އަށް ބިރުވެތިވޭ

މިއަދު ދުނިޔޭގައި ހިތަށް އެރިހާކަމެއް ކުރަމުން ދިޔަސް
މިއަދު ޢިބްރަތަކަށް ޓަކާ ﷲ ދެއްވާ! ފުރުސަތެއްވެސް

ފުރުޞަތުގެ ބޭނުންހިފައި އިޞްލާޙުނުވިނަމަ ދެން އަލުން
ގުދުރަތުން އައިސްފާ ހުރީ ކޯފާގެ އެކި އިންޒާރުތައްވެސް

މޮޅުކަމުންނެއްނޫން! ހިތަށްއެރިހައި ނުބައިކޮށް އުޅެވެނީ
މޮޔަ ބަޔަކު ޙާޞިލުކުރަން ﷲ ދެއްވައެ! ޢިބްރަތެއްވެސް

ފިޠުރަތުގެ މަތިވެރިކަމާ ﷲ ކުޅަދުން ވަންތަކަން
ހިތުގެ އީމާންކަން ނެތީމާ ނޭނގެނީ ވިސްނާލުމަށް ވެސް

ދުނިޔެ އަށް ﷲ އިންސާނާ ފޮނުއްވެވި ޖިންސު ވެސް
ދުނިޔެއިން އަދު ބަދަލުކޮށްގެން އެބަ އުޅޭ ވަކި ބަޔަކުވެސް

ޖާހިލުންނަށް ނޭނގެނީއޭ! ވަކިކުރަން ރަނގަޅާ، ނުބައި،
ޖާހިލުންނަށް ޢާލިމުންދޭ ހިތްވަރުން މަގު ފުރެދެނީ ވެސް

"ޝޭޚުނަށް ހެދިގެން މިތާ އުޅެފާނެޔޭ އިބިލީހު ވެސް
އޭގެ ޝޭޚުން ހުއްދަކޮށް ފާނޭ ނަހީއާ، މުންކަރާތް ވެސް"

The post މަގޭ ދަރީންނޭ ﷲ އަށް ބިރުވެތިވޭ first appeared on އަދިވެސް އޮންލައިން.