ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަން ރުފިޔާ ހޯދައި، 6891 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި

Tue, 22 Oct 2024 02:50 PM

View on this article on PSM News

ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަން ރުފިޔާ ހޯދައި، 6891 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދާފައިވާކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންފާ "އޮޕަރޭޝަން ކުރަނގި" މުޅި ރާއްޖެއަށް ފުޅަކޮށްފައިވާކަމަށެވެ. ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 6891 ބިދޭސީއެއްގެ ބަޔޯމެތްރިކް ޑޭޓާ އެއްކޮށްފައިވާކަމަށާއި، ޢަމާޒަކީ 3 އަހަރުތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުންކަމަށެވެ. ވަޒީރު ވިދާޅުވީ، މި އޮޕަރޭޝަނުގައި 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށާއި، 1 އަހަރުތެރޭގައި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތްދާ ބާރުމިނުގައި ކުރިއަށްދާނަމަ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަޢުލޫމާތު އެއްކޮށް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ މިލިޔަން ދަޢުލަތަށް ލިބެންޖެހޭކަމަށެވެ. އޭގެތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާރު ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނުލިބިވަނީ 703 މިލިޔަން ރުފިޔާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ....





More from PSM News