މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024: އެންމެ މޮޅު އެތުލީޓަކަށް ޝައްފާން އާއި ދީމާއަށް

Fri, 18 Oct 2024 12:00 AM

View on this article on PSM News

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024: އެންމެ މޮޅު އެތުލީޓަކަށް ޝައްފާން އާއި ދީމާއަށް

ރާއްޖޭގެ ކުޅިވަރު އެތުލީޓުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުޅިވަރު ވުޒާރާއިން ދެމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024ގައި އަހަރުގެ އެންމެ މޮޅު އެތުލީޓަކަށް ޓޭބަލް ޓެނިސް ތަރި މުހަންމަދު ޝައްފާން އިސްމާއިލް އާއި ފާތިމަތު ދީމާ އަލީއަށް ލިބިއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބޭއްވި ހަފްލާގައި ޓީޓީގެ މިދެތަރިންނަށް ވެސް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ. މިއީ މިއެވޯޑް ދީމާ ހޯދި ދެވަނަ ފަހަރެވެ. ދީމާ ވަނީ 2022 ވަނަ އަހަރު ވެސް އެވޯޑް ހާސިލުކޮށްފައެވެ.

ދީމާ ވަނީ ހުސްވި އަހަރުގެ ޓީޓީން އެންމެ މޮޅު އެތުލީޓްގެ މަގާމްވެސް ހާސިލުކޮށްފައެވެ. ގައުމީ ކުޅިވަރު އެވޯޑްގައި ޝައްފާން ވަނީ ޓީޓީގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމް ހާސިލުކޮށްފައެވެ.

އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ ބްރޯންޒް އެވޯޑް ހާސިލު ކުރީ ބެޑްމިންޓަން ތަރި އައިމިނަތު ނަބީހާ އަބްދުލް ރައްޒާގެވެ. އަދި އަންހެން ސިލްވަރ އެވޯޑް ގެންދިޔައީ ބެޑްމިންޓަން ތަރި ފާތުމަތު ނަބީހާ އަބްދުލް ރައްޒާގެވެ.

ޝައްފާންގެ އިތުރުން އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ ބްރޯންޒް އެވޯޑް ހާސިލުކުރީ ބެޑްމިންޓަން ތަރި ނިބާލް އަހުމަދު ހޯދިއިރު ނިބާލް ވަނީ އަހަރުގެ ބެޑްމިންޓަން ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލުކޮށްފައެވެ. އަދި ސިލްވާ އެވޯޑް ހާސިލު ކުރީ އެންމެ ފަހުން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ބޮޑީބިލްޑިންގް އެތުލީޓް އަޒްނީން ރަޝާދުއެވެ.

މިއަހަރުގެ ކުޅިވަރު އެވޯޑްގައި ގިނަ އެވޯޑުތަކެއް ދިންއިރު 18 ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު އެތުލީޓުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.





More from PSM News