ދީނާ ޤައުމު ދެކެ ލޯބިވާ ހަރުދަނާ ޖީލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ: ނައިބު ރައީސް

Fri, 10 May 2024 03:28 PM

View on this article on PSM News

ދީނާ ޤައުމު ދެކެ ލޯބިވާ ހަރުދަނާ ޖީލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ: ނައިބު ރައީސް

އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ ހަރުދަނާ ޖީލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްގައެވެ.

ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްގެ ޕޯސްޓުގައި ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ކުޑަކުދިންނަށް ވަނީ އަރިސްކުރައްވާފައެވެ. އަދި އަދުގެ ކުޑަކުދިންނަކީ މާދަމާ ޤައުމުގެ ހުންގާނުގައި ހިފާނެ ދަރީންނަށްވީއިރު، މިފަދަ ދުވަހެއްގައި ދީނާ ޤައުމު ދެކެ ލޯބިވާ ހަރުދަނާ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ޚާއްޞަ އުސޫލަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. 1991 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށް، އެއަށް ރާއްޖޭގައި އަންނަނީ ޢަމަލުކުރަމުންނެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކުޑަކުދިނަށް އެކުދިންނަށް ޙައްޤު އިޙްތިރާމް އަދާކޮށް، މުޖުތަމަޢުގައި އެކުދިންނަކީވެސް މުހިންމު ބައެއްކަން އަންގައިދިނުމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުވުމަށް މުޖުތަމަޢު ހޭލުންތެރިކޮށް، ޤައުމީ ފެންވަރުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމެވެ.





More from PSM News