އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

Fri, 10 May 2024 03:21 PM

View on this article on PSM News

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބޭހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއަށް ހިއްސާކުރައްވަމުން މެޓް އޮފީހުން ވިދާޅުވީ، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް މިހާރު މިއުޅެނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ކަމަށެވެ. ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައިކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން ފާހަގަކުރައްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ވައި ބާރުވެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މެޓް އޮފީހުން ވިދާޅުވީ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގެ ބުދައިގެ ފަހުންކަމަށެވެ.





More from PSM News