ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރުއަށް އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

Tue, 07 May 2024 02:40 PM

View on this article on PSM News

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރުއަށް އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަހާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރުހުން ދީފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ ނަމެއް މަޖިލީހަށް ފޮނުއްވާފައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުޙައްމަދުގެ ނަންފުޅާއި ޒަރީރުގެ ނަންފުޅެވެ.

އިގްތިސާދީ ކޮމިޓީން ވަނީ މިއަދު ދެ ބޭފުޅުންނާ ވެސް އިންޓަވިއުކޮށްފައެވެ. އެއަށްފަހު ވަކިވަކިން ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ވޯޓު ނަގާފައިވާއިރު ޒަރީރަށް ރުހުން ދިނުމަށް ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ވޯޓުންނެވެ. ޔަޒީދު އައްޔަން ކުރެއްވުމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.





More from PSM News