މިދިޔަ ސަރުކާރުން ފަށާފައިވާ ކުޅިވަރުގެ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން: ރާފިޢު

Mon, 06 May 2024 12:08 PM

View on this article on PSM News

މިދިޔަ ސަރުކާރުން ފަށާފައިވާ ކުޅިވަރުގެ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން: ރާފިޢު

މިދިޔަ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ފަށާފައިވާ ނުވަތަ ކުޅިވަރާ ބެހޭ މަޝްރޫއެއް ހުއްޓާލާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށްޓަކައި ފަށާފައިވާ ނުވަތަ ކުޅިވަރާ ބެހޭ މަޝްރޫއެއް ހުއްޓާލާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. އެގޮތުން ވަކި ހިސާބަކަށް ކުރިއަށްގެންގޮސްފައި ހުރި މަޝްރޫއުތަކާއި، ނިމެން ގާތްވެފައިވާ މަޝްރޫއުތައްވެސް އެބަހުރި ކަމަށާއި، އެހެންކަމުން އެ މަޝްރޫއުތައް ކުރިއަށް ގެންދަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރާފިޢު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ދަށުން މީގެ ކުރިން ރިއަށްގެންގޮސްފައި ހުރި ބައެއް މަޝްރޫއުތައް ކުޅިވަރާ ބެހޭ ވުޒާރާއިން މިހާރު އުނިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޔޫތު މިނިސްޓްރީއަކީ މިހާރު އެހެން މިނިސްޓްރީއެއް ކަމަށާއި، އެހެންކަމުން އެ މަޝްރޫއުތައް ދާނީ ޔޫތު މިނިސްޓްރީއަށް ކަމަށްވެސް ވިދާޅުވިއެވެ.

"
ދެން އެކަމަކު ކުރީގައި ޔޫތު މިނިސްޓްރީގެ ދަށުން ކުރިއަށްގެންގޮސްފައި ހުރި ބައެއް ޕްރޮޖެކްޓުތައް އަޅުގަނޑުމެންގެ މިނިސްޓްރީން ވަނީ އުނިވެގެން ގޮސްފައި. ޔޫތު މިނިސްޓްރީ މިހާރު އެ އޮތީ އެހެން މިނިސްޓްރީއެއްގެ ގޮތުގައި. އެހެންވީމާ އެ ޕްރޮޖެކްޓުތައް ދާނީ ޔޫތު މިނިސްޓްރީއަށް. އެހެންވީމަ އަޅުގަނޑުމެންގެ މިނިސްޓްރީން ކުޅިވަރާ ގުޅުންހުރި ހުރިހާ ކަމެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައި އޮތީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ރާފިޢި މިހެން ވިދާޅުވިއިރު، މި ސަރުކާރުން އަންނަނީ ކުޅިވަރު ކުރިއެރުވުމަށް އައު މަޝްރޫއުތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ހަފުތާ 14 ގެ މަގުޗާޓުގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފަސް ދަނޑުގެ މައްޗަށް އެކުލެވޭ ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތްކުރާ ބިން މިހާރު ވަނީ ހަވާލުކޮށްފައެވެ.





More from PSM News