ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ވުވައްސަސާތަކަށް ހާއްސަ ޓްރެއިނިން އެއްފަށައިފި

Sun, 05 May 2024 05:27 PM

View on this article on PSM News

ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ ވުވައްސަސާތަކަށް ހާއްސަ ޓްރެއިނިން އެއްފަށައިފި

ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ މުވައްސަސާތަކުގައި މަަސައްކަތްކުރާ ފަރާތްތަަކަށް ޚާއްސަކޮށްގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތަމްރީނެއް ފަށައިފިއެވެ.

މި ތަމްރީން ކުރިއަށް ދާނީ މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތަށެވެ. މިތަމްރީނަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ހަދާފައިވާ އާންމު ގަވާއިދުގެ ދަށުން، ދާޚިލީ ކަންތައްތަކާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ ސިލްސިލާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދަނީ ޔޫ.އެން.އޯ.ޑީ.ސީގެ އެހީތެރިކަމާއެކު "ޖުވެނައިލް ޖަސްޓިސް އޯވަސައިޓް ޓްރެއިނިން މެނުއަލް" އެއް ހަދާ ފެސިލިޓޭޓަރުންތަކެއް ތަމްރީނުކޮށްގެނެވެ.

މި ތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ 5 މުއައްސަސާއަށެވެ. އެއީ ދިވެހި ފުލުހުންގެ ޚިދުމަތް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ޖުވެނައިލް ކޯޓް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއެވެ. އެ މުވައްސަސާތަކުން މި ތަމްރީނުގައި ބައިވެރިވަނީ، ކުށްކުރާ ކުޑަކުދިންގެ ކަންތައްތަކުގައި ގޮތް ނިންމާ، އަދި އެކުދިންނާއި މުއާމަލާތު ކުރާ ފަރާތްތަކެވެ.

މި ޓްރެއިނިންގައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި، ހުރި ގޮންޖެހުންތައް ފާހަގަކޮށް އެންމެ ރަނގަޅު ގޮތަަކަށް އެފަދަ މަސައްކަތް ކުރެވޭނެގޮތްތަކަކީ ކޮބާތޯ އެމުވައްސަސާތަކުގެ މެދުގައި މަޝްވަރާކުރާނެކަމަށް ޑިޕާޓް މަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޓެކްނިކަލް ޑިރެކްޓަރ ހައްވާ ޒިމްނާ ވިދާޅުވިއެވެ.

"އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް، ކުއްޖަކު ގާނޫނާއި ހިލާފް އަމަލެއް ކޮށްގެން ސިސްޓަމްތެރެއަށް ވަންނަ ހިސާބުން އެ ކުދިންނަަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލާ މަަސައްކަތް ކުރާނެ ގޮތްތަކަކީ ކޮބައިތޯ ބެލުން" ޒިމްނާ ވިދާޅުވިއެވެ.

މިހާތަނަަށް ޖުވެއިލް ޖަސްޓިސް ޓްރެއިނިންގެ މިފަދަ 6 ޓްރެއިނިން އެއް 2022 އިން 2023 އަށް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކުށްކުރާ ކުޑަކުދިންގެ ކަންކަން ރަނގަޅުކުރުމަށް މިފަދަ ތަމްރީނުތައް ކުރިއަށްގެންދާއިރު، އެފަދަ ކުދިން ރީހެބިލިޓޭޓުކުރުމަށްޓަކައި ހާއްސަ ފެސިލިޓީއެއް ހެދުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.





More from PSM News