އާންމު އިޖްތިމާޢީ މިންގަނޑާ ޚިލާފު ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މީހަކު ހައްޔަރުކޮށްފި

Sat, 04 May 2024 06:44 PM

View on this article on PSM News

އާންމު އިޖްތިމާޢީ މިންގަނޑާ ޚިލާފު ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މީހަކު ހައްޔަރުކޮށްފި

އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް ހެދުން އަޅައި ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރި މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑީއާގައި ވީޑިއޯ އާންމުކުރަމުން ދިޔަ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުޤީޤު ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފުލުހުން މި މައްސަލަ ތަހުޤީޤު ކުރަމުންދާއިރު، މި ފިރިހެންމީހާއަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގެ ހައްޔަރު ކުރި މީހެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްވެސް އޭރު ކުރިއެވެ.





More from PSM News