ޑރ. ރަމްޝާ ވަކިވެދިއުން؛ ގިނަ ބަޔަކު ހިތްދަތިކުރުވި ޚަބަރެއް

Thu, 02 May 2024 11:25 PM

View on this article on PSM News

ޑރ. ރަމްޝާ ވަކިވެދިއުން؛ ގިނަ ބަޔަކު ހިތްދަތިކުރުވި ޚަބަރެއް

ކުޅިވަރުގެ ދާއިރާއާއި ސިއްޙީ ދާއިރާއިން މަގްބޫލުކަން ހޯދާފައިވާ ޑރ. ރަމްޝާ ކެންސަރުބަލީގައި ފަރުވާ ހޯދަމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

ޑރ. ރަމްޝާ އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކުދަނީ އޭނާގެ ޚިދުމަތްތަކާއި ބަލީގެ ހާލަތުގައިވެސް ދެއްކި ހިތްވަރު ފާހަގަކޮށް ތަޢުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

އެމްބީބީއެސް ނިންމަވައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޚިދުމަތްކުރެއްވުމަށްފަހު ޑރ. ރަމްޝާ ގަސްތުކުރެއްވީ ކަރުންމަތީގެ ބައްޔަށް ޚާއްސަވުމަށެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ޚާއްސަވުމަށް ތަޢުލީމު ޙާސިލްކުރަމުންދަނިކޮށް ކެންސަރު ޖެހިފައިވާކަން އެނގުމުންވެސް އެނާވަނީ ފަރުވާ ހޯއްދަވަމުން ކަރުންމަތީގެ ބަލިތަކުގެ ޑޮކްޓަރަކަށްވުމުގެ ކޯސް ފުރިހަމަކުރައްވާފައެވެ.

ޑރ. ރަމްޝާއަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އުފެދުނީއްސުރެ އެޖަމިއްޔާއާއި އެޖަމިއްޔާގެ މެންބަރުންނާއި ގާތްގުޅުމެއް ބޭއްވި މެންބަރެކެވެ. އަދި އެފަދަ ބަލިތަކަށް މީހުން ހޭލުންތެރިކުރުމުގައި މުހިއްމު މަސައްކަތްތައްވަނީ ކުރައްވާފައެވެ.



މީގެ އިތުރުން ކޯވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު ރައްޔިތުން ފުރަބަންދުގައި ތިބިއިރު ރަމްޝާވަނީ ކްލަބް ހައުސްގައި ކޯވިޑަށް މީހުން ހޭލުންތެރިކުރަމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

Doctor Ramsha akee club house in dhimaavi hinheyo gaai ekuveriyeh. Vaahaka dhekeven feshunufahun furathama raajje ai dhathuruga dhimaavumuge naseebu libunu. Adhi raajjeyga vee madhu dhuvaskolhuga ves ekuga ufaaveri dhathureh kollumuge furusathu libunu. Gelligen mi dhiyaee aailaa meeheh kahala ihusaas kurevey dhahtha eh. Abadhuves heyo naseyhai dhey sihhee kankamuga lafaa ehey gina mashvaraa libey dhulhaheyo sihhathakah baaru alhaa loabi meeheh. Abadhuves thiya ekuveriyaage naseyhai handhaan kuraanan. Ekuveriyaage naseyhathaai eku badhaluvi kankamaai eku dhimaavumah vv bodah ummeedhu koggen huttaa mi vakivaan jehunee. Dhua akee ramsha ge faafa fussavaa rahumai levvun. Aameen

މީގެ އިތުރުން ޑރ. ރަމްޝާއަކީ ކުރިން ރާއްޖޭގައި އުފެދުނު އަންހެން ދުވުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެތްލީޓެކެވެ. ދުވުމުގައި 800 މީޓަރާއި 1500 މީޓަރުގެ ދުވުމުން ޚާއްސަވި ޑރ. ރަމްޝާ ވަނީ ބޭރުގެ މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކުރައްވައިފައެވެ. ދުވުމުގެ އިތުރުން ރަމްޝާ ވަނީ ނެޓްބޯޅަ ވެސް ގައުމީ ފެންވަރުގައި ކުޅުއްވައިފައެވެ.





More from PSM News