ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަނީ

Tue, 30 Apr 2024 09:35 AM

View on this article on PSM News

ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަނީ

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެކެވެ.

އެމް.އެން.ޑީ.އެފް.އިން ވިދާޅުވީ، ބަންޑުން ޖަހާލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއްކަމަށެވެ.

މި ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި 5 މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.


އެމް.އެން.ޑީ.އެފް.އިން ވިދާޅުވީ، މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި 5 މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާކަމަށވެ. އަދި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުންދާކަމަށްވެސް އެމް.އެން.ޑީ.އެފް.އިން ވިދާޅުވެއެވެ.





More from PSM News