އިސްލާމިކް ފައިނޭންސިންގެ ދާއިރާ ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

Mon, 29 Apr 2024 12:30 PM

View on this article on PSM News

އިސްލާމިކް ފައިނޭންސިންގެ ދާއިރާ ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ދާއިރާ ތަރައްޤީކޮށް، ކުރިއެރުވުމާއި ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ މާލީ ވަޒީރު މުޙައްމަދު ޝަފީޤް މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މާލީ ވަޒީރު މުޙައްމަދު ޝަފީޤް ވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓްގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ޑރ. ސާމީ އަލް ސުވައިލަމްއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އެހީތެރިވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މާލީ ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ.

އޭގެތެރޭގައި އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު ހިމެނެއެެވެ. ފިނޭންސް މިނިސްޓަރާއެކު މި ބައްދަލުވުންތަކުގައި އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.





More from PSM News