އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތުގައި ވާދަކުރާ ޒުވާން ޓީމު ތައިލެންޑަށް

Sun, 28 Apr 2024 11:20 PM

View on this article on PSM News

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތުގައި ވާދަކުރާ ޒުވާން ޓީމު ތައިލެންޑަށް

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު ތައިލެންޑަށް ހިނގައްޖެއެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ މެއި މަހުގެ 1-5 ގެ ނިޔަލަށެވެ. މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ. އޭޝިއާގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ފިރިހެން 32 ޓީމު އަދި އަންހެން 21 ޓީމު ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖެއިން ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެން ބައިގައި އެކަންޏެވެ. ދެ ޕެއާއެއް މުބާރާތުގައި ވާދަކުރާއިރު، ތައިލެންޑަށް ފުރި ޓީމުގައި ހަތަރު ކުޅުންތެރިން ހިމެނެއެވެ. މި ޓީމުގެ ކޯޗަކީ އަދުނާން އަބްދުލް ހަމީދެވެ. އަދި މުބާރާތުގައި ދިވެހި ރެފުރީ އިސްމާޢީލް އަބްދުﷲ ހަރަކާތްތެރިވާނެއެވެ.

ދިވެހި ޓީމުގައި ހިމެނޭ ކުޅުންތެރިން:

  • ޓީމު 1: މުޙައްމަދު އިކުރާމް އިސްމާޢީލް ރަޝީދު (އދ. ކުނބުރުދޫ) / އިބްރާހީމް ރާކިން ހަސަން (އދ. މާމިގިލި)
  • ޓީމު 2: މުޙައްމަދު އިއުޖާޒް ހަސަން (ޅ. ނައިފަރު) / އަބްދުﷲ އާލް އަލީ (ޅ. ނައިފަރު)


މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު މިއަދުގެ ވަގުތެއްގައި ތައިލެންޑަށް ފުރިއިރު، އޭގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޟް ވަނީ ޓީމާ ބައްދަލުކުރައްވައި، ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނުގެ ވަގުތެއްގައި ކުޅިވަރާ ބެހޭ ވުޒާރާގައެވެ.





More from PSM News