ބަންގްލަދޭޝްގައި އޮންނަ އިންވިޓޭޝަނަލް މުބާރާތަކަށް ޒުވާން ވޮލީ ޓީމު ފުރައިފި

Tue, 23 Apr 2024 11:18 AM

View on this article on PSM News

ބަންގްލަދޭޝްގައި އޮންނަ އިންވިޓޭޝަނަލް މުބާރާތަކަށް ޒުވާން ވޮލީ ޓީމު ފުރައިފި

ބަންގްލަދޭޝްގައި މާދަމާ ފެށުމަށް ހަމަޖެހިފަވާ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް އިންޓަރނޭޝެނަލް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީ ޓީމު އެ ގައުމަށް ހިނގައްޖެއެވެ.

މުބާރާތަށް ފުރި ގައުމީ ޓީމުގައި ހިމެނެނީ 12 ކުޅުންތެރިންނާއި ފަސް އޮފިޝަލުންނެވެ. މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ނޭޕާލާ ބަންގްލަދޭޝް ވާދަކުރާނެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މައުލޫމާތުދޭ ގޮތުން މި މުބާރާތުގައި ރާއްޖެއިން ވާދަކުރަމަށް ނިންމީ މި އަހަރު އޮންނަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ބަންގްލަދޭޝް އިންވިޓޭޝަނަލް މުބާރާތް މާދަމާ ފަށާއިރު، މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.





More from PSM News