ހުޅުމާލެއާ ދިމާއިން ކަނޑުމަތިން ފެނުނީ ޗައިނާ މީހެއްގެ ހަށިގަނޑު: ފުލުހުން

Thu, 08 Jun 2023 07:46 PM

View on this article on PSM News

ހުޅުމާލެއާ ދިމާއިން ކަނޑުމަތިން ފެނުނީ ޗައިނާ މީހެއްގެ ހަށިގަނޑު: ފުލުހުން

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ދިމާއިން ކަނޑުމަތިން މަރުވެފައި އޮތްވާ ފެނުނީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއްގެ ހަށިގަނޑުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކާއި ދިމާލުން ކަނޑުމަތިން މި ހަށިގަނޑު ފެނުނީ މިދިޔަ އަންގާރަދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި ފުލުހުން ވަނީ އެއީ ކާކުކަން ޔަގީންކުރަން އާއްމުންގެ އެހީއަށްވެސް އެދިފައެވެ.

ފުލުހުން މިއަދު ވިދާޅުވީ މަރުވެފައި އޮތްވާ ފެނުނީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ ސައުދީ ބިންލާދިން ގްރޫޕްގެ ފަރާތުން ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަމަށެވެ.

ފުލުހުން ބުނީ އެ ހަށިގަނޑު ފެނުނީ ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓަކާއި، ކަޅުކުލައިގެ ބޫޓަކާއި އެކުކަމަށެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.



More from PSM News