އުރީދޫ ހަދިޔާ ފޮށީގެ އެންމެ އަގުހުރި އިނާމު ޙަވާލުކޮށްފި

Tue, 30 May 2023 12:32 AM

View on this article on PSM News

އުރީދޫ ހަދިޔާ ފޮށީގެ އެންމެ އަގުހުރި އިނާމު ޙަވާލުކޮށްފި

ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމު ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާއި ސައިކަލް ޙަވާލުކޮށްފިއެވެ.

ސައިކަލް ޙަވާލު ކޮށްދީފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީ.އީ.އޯ، ޙާލިދް އަލް ހަމާދީ ބްރިޖް ވިއުވިންގް ޕެލެޓްފޯމްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކުން ފެށުނު މި ހަފްލާގައި އިނާމު ޙަވާލުކުރުމުގެ އިތުރުން ހަދިޔާ ފޮށީގެ ތީމާއި އެއްގޮތައް ސްޕިން ދަ ވީލް ގޭމެއްގައި ބައިވެރިވެގެން އިތުރު ހަދިޔާތައް ހޯދުމުގެ ފުރުޞަތުވެސް އެސަރަޙައްދުގައި ތިބި ފަރާތްތަކަށް ލިބިގެންދިޔައެވެ.

މި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ނިމިދިޔަ ބަރަކާތްތެރި ރަމަޟާންމަހު އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެގޮތުން ކޮންމެދުވަހަކުވެސް ކޮންމެވެސް ހަދިޔާ އެއް ދެވުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ހަދިޔާ ފޮށިން އަގުހުރި އިނާމުތައް ލިބުނު ނަސީބުވެރި ފަރާތްތަކަށް ވަރަށް ހޫނު މަރުޚަބާއެއް ޚާލިދު ދެންނެވިއެވެ.

"މިދެވުނު ހަދިޔާތަކަކީ ކަސްޓަމަރުންނަށް ކަމުދިޔަ ހަދިޔާތަކެއް ކަމަށް އެއްމީދުކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޖާ އަދި އަގުހުރި ޕްރޮމޯޝަންތަކާއި އެކު ކަސްޓަމަރުންނަށް ފައިދާ ހުރި އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" ޚާލިދު ވިދާޅުވިއެވެ.

"ހަދިޔާ ފޮށި" ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.

މި ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް ހިމެނެއެވެ. ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ކޮންމެވެސް ހަދިޔާ އެއ ލިބޭ އިރު، އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފައެވެ.

ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް ރަމަޟާން މަހުގެ ތެރޭގައިވެސް ހަވާލުކުރެވެމުން ދިޔައިރު، ޢީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި ވަނީ ހަވާލުނުވެ ހުރި ކަސްޓަމަރުންނާ އެ ހަދިޔާތައް ހަވާލުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ފެންވަރު ރަނގަޅު ޚިދުމަތްތަކާއި، އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި، ޚިދުމަތްތައް މެދުނުކެނޑި ތަޢާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި އެކުންފުނިން އަބަދުވެސް ދެމިތިބޭނެކަމަށެވެ.



More from PSM News