ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

Sat, 27 May 2023 03:25 AM

View on this article on PSM News

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓްގައި ނިޔާވީ 43 އަހަރުގެ ދިވެހި ފިރީހެނެކެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއްގައި ޖެހިގެންކަމަށެވެ. އަދި އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ މިރޭ 12:04 ހާއިރުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލް ދުއްވަން އިން މީހާކަމަށެވެ. އަދި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ..


More from PSM News