މާލޭގެ 3 ރޫޓަކުން 3 ގަޑިއިރަށް ބަހުގެ ޚިދުމަތް މެދުކަނޑާލަނީ

Sat, 25 Mar 2023 08:01 PM

View on this article on PSM News

މާލޭގެ 3 ރޫޓަކުން 3 ގަޑިއިރަށް ބަހުގެ ޚިދުމަތް މެދުކަނޑާލަނީ

މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތް، މި ރޯދަމަހު، 3 ރޫޓިންއަކުން 3 ގަޑިއިރަށް ޚިދުމަތް މެދުކެނޑޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކުގަޔާއި، ތަރާވީސް ނަމާދު ވަގުތަކަކީ މަގުމަތީގެ ތޮއްޖެހުން އިތުރުވެ ވެހިކަލްތައް ޕާކް ކުރުން ގިނަ ވަގުތަކެއްކަމަށެވެ. އަދޮ އެ ވަގުތުތަކުގައި މަގުތަކުގެ ބާރު ބޮޑުވެ، ބަސް ދަތުރުތަކަށް ދަތިވާކަމަށް އެމްޓީސީސީން ބުންޏެވެ. އެހެންކަމުން 3 ރޫޓެއްގެ ބަސް ދަތުރުތައް 3 ގަޑިއިރަށް މެދުކަނޑާލަން ނިންމީކަމަށް އެމްޓީސީސީން ބުންޏެވެ. އެއީ އޯކިޑްރޫޓް، އަމީނީރޫޓް އަދި ސޯސަން ރޫޓް އެވެ.

އެމްޓީސީސީ އިން މި ގެނައި ބަދަލުން ކޮންމެ ދުހަކުވެސް އިރުއޮށްސި 6 އިން ރޭގަނޑު 9 އަށް ބަސްދަތުރުތައް މެދުކަނޑާލާނެއެވެ. އެމްޓީސީސީން ބުނީ ހުޅުމާލެ ފޭސް 1 އަދި ދޭއްގެ އިތުރުން ވިލިމާލޭގެ ބަހުގެ ޚިދުމަތްވެސް އެ ވަގުތުތަކުގައި ދިނުންހުއްޓާލާނެކަމަށެވެ.


މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމް.ޓީ.ސީ.ސީން ދަނީ ބޭނުންކުރަމުންނެވެ.

މީގެ އިތުރުން ވިލިމާލޭގައިބަހުގެ ޚިދުމަތް ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ވިލިމާލޭގައި ބަހުގެ ޚިދުމަތަށް 6 ބަސް ބޭނުންކުރެއެވެ. ވިލިމާލޭގައި ބަހުގެ ޚިދުމަތް ދެނީ ތިމާވެްޓާ ރަށްޓެހި ބަސްތައް ބޭނުންކޮށްގެންނެވެ.



More from PSM News