ޗެކް ރިޕަބްލިކުން ޕޯލަންޑް ބަލިކޮށްފި

Sat, 25 Mar 2023 12:44 PM

View on this article on PSM News

ޗެކް ރިޕަބްލިކުން ޕޯލަންޑް ބަލިކޮށްފި

ޔޫރޯ 2024 ކޮލިފައިންގ ގްރޫޕް އީ ގައި ޗެކް ރިޕަބްލިކާއި ޕޯލަންޑް ބައްދަލުކުރިމެޗް ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފިއެވެ.

ޗެކް ރިޕަބްލިކްގައި ކުލުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެތީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯލަންޑުންނެވެ. ނަމަވެސް މިއާއެކުވެސް އެޓީމަށް ޗެކްގެ މައްޗަށް ކުރި ހޯދޭގޮތެއްނުވިއެވެ. މިގޮތުން ޗެކް ރިޕަބްލިކުން މިމެޗް ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޕޯލަންޑަށް މެޗްގެ ތެރެއަށް ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް ފުރަތަމަ ތިން މިނެޓްގެ ތެރޭގައި ދެލަނޑު ޖަހާ ލީޑު ނެގުމެވެ. ޗެކްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލަޑިސްލާވް ކްރެއިޗީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހާދިނީ ތޮމާސް ޗުވަންޗަރައެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ ޔާން ކުޗްޓާއެވެ. މިމެޗްގައި ޕޯލަންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ޑާމިއަން ސިޒިމާންސްކީއެވެ.

މިކާމިޔާބީއާއެކު ފަސް ޓީމް ހިމެނޭ ގްރޫޕް އީގެ އެއްވަނައިގާ އުޅެނީ ޗެކް ރިޕަބްލިކްއެވެ. މިގްރޫޕްގައި ފެރޯ އައިލަންޑްސް އާއި މޮލްޑޯވާ ބައްދަލުކުރިމެޗް ނިމުނީ އެއްވަރު ވެގެންނެވެ



More from PSM News