ކުޅުދުއްފުށީގެ ގެއެއް ބަލައިފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Sat, 23 Mar 2024 03:43 AM

View on this article on Police Life

ކުޅުދުއްފުށީގެ ގެއެއް ބަލައިފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ކުޅުދުއްފުށީ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.



 

އެތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން މިހިނގާ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކުޅުދުއްފުށީގެ ގެއެއް ބަލައިފާސްކޮށެވެ.  މި އޮޕަރޭޝަނުގއި 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވެއެވެ.

 

މި މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހު ގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. 

 

މިމައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

 



More from Police Life