ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ އެބަހުރި، އެ ފައިސާ ހޯދަން ފަށައިފިން: ރައީސް

Sat, 27 Jul 2024 01:24 AM

View on this article on One Online

ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ އެބަހުރި، އެ ފައިސާ ހޯދަން ފަށައިފިން: ރައީސް

ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ، މުއިއްޒު ވިދާޅުވީ ދައުލަތަށް ނުލިބި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާއި ، އެހެން ސަރުކާރުތަކުން އެ ފައިސާ ހޯދުމުގެ މަސައްކަތުގައި އަތްލަން ނުކެރުނު ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެކަން ކުރާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ބިމު ކުއްޔަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު ނުހޯދައި އެބަހުރި ކަމަށެވެ. އޭގެ އިތުރުން، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޯލަރު ދައުލަތަށް ނުލިބި އެބަ ހުރި ކަމަށާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ނުޙޯދައި އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ތޭރަ ހާސް މިލިއަން، ތޭރަ ބިލިއަން ރުފިޔާގެ ފައިސާ މި ހުރީ ނުހޯދާ. ހޯދާކަށް ނޫޅެ. އެ ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ، އިރާދަކުރެއްވިއްޔާ އެ ފައިސާ ހޯދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި މި ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ފައިސާ ހޯދަން ސިޓީ ފޮނުވުމާ އެކު ބައެއް ފަރާތްތަކުން ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ.

"ބެލެނީ ގިނަ ބަޔަކު ފައިސާ ދައްކާނެ ކަމަށް. މިއީ ކުދި ވިޔަފާރިތަކެއް ނޫން ބޮޑެތި ވިޔަފާރިތައް. ގިނަ ވިޔަފާރިވެރިން ދައްކާނެ. ބާކީ ހުރިބައި ޑިސްޕިއުޓްގެ ތެރޭން ދައްކާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ފައިސާގެ ތެރޭން ދެބައިކުޅަ އެއްބައި ލިބޭނެ ކަމަށް އުންމީދު އެބައޮތް ކަމަށެވެ.





More from One Online