ސެޕްޓެމްބަރު މަހު ޗައިނާގެ އެފްޓީއޭ ތަންފީޒުކޮށް، ތުރުކީ އާއި ޔޫއޭއީއާ އެކު އެފްޓީއޭއެއް ހަދަނީ

Sat, 27 Jul 2024 01:09 AM

View on this article on One Online

ސެޕްޓެމްބަރު މަހު ޗައިނާގެ އެފްޓީއޭ ތަންފީޒުކޮށް، ތުރުކީ އާއި ޔޫއޭއީއާ އެކު އެފްޓީއޭއެއް ހަދަނީ

ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް، އެފްޓީއޭ ތަންފީޒުކުރަން ފެށޭނެ ކަމަށާއި ތުރުކީ އާއި އިނގިރޭސި ވިލާތާ އެކީގައި އެފްޓީއޭ އެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކުވެރި ދައުލަތްތަކާ އެކީ ކުރެވޭ މަސައްކަތްތަކުން އާންމުންގެ ވިޔަފާރިތަކަށް ފައިދާވާނެ ގިނަ ކަންތައްތަކެއް ހާސިލުވަމުންދާ ކަމަށެވެ.

"އެގޮތުން ބަލާއިރުގައި ޗައިނާގެ އެފްޓީއޭ އިރާދަކުރެއްވިއްޔާ އެ އެފްޓީއޭ ތަންފީޒުކުރަން މި ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެފްޓީއޭ ތަންފީޒު ކުރަން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

އޭގެ ސަބަބުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީ ވެގެންދާނެ ކަމަށާއި އަދި ނުވަ ދާއިރާއެއްގެ 7،897 ބާވަތުން ޑިއުޓީ ފްރީ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކީގައި ތުރުކީއާ އެކީގައިވެސް އެފްޓީއޭއެއްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ، ވަރަށް އެޑްވާންސް ސްޓޭޖެއްގައި މިއޮތީ. އަޅުގަނޑު ތުރުކީއަށް ކުރި ދަތުރުގައި އެވާހަކަތައް ފެށި މިހާ ހިސާބަށް މި އައީ،

ރައީސް ވިދާޅުވީ 53 އައިޓަމަކުން ތުރުކީގެ އެފްޓީއޭގައި ސޮއި ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި މަހުގެ ބާވަތްތައް ވެސް ހިމެނޭނެ ކަމަށެވެ. އޭގެ ތެރެއިން ގިނަ ބާވަތްތައް ޑިއުޓީ ފްރީ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތާ އެކީގައިވެސް އެފްޓީއޭގެ އެއްބަސްވުމަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުންމީދަކީ އިންޑިއާއާ އެކުވެސް އެފްޓީއޭގެ އެއްބަސްވުމެއް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.





More from One Online