ބަންކަރިން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް

Sat, 27 Jul 2024 12:43 AM

View on this article on One Online

ބަންކަރިން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސޯދު ފުޅާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ މަހު އަމަލީ މަސައްކަތް ރާއްޖޭގައި ފެށޭނެ. އަބަދު ދައްކާ ވާހަކައެއްގެ ގޮތުގައި ނޯވެ، އެ މަސައްކަތް އަންނަ މަހު ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ގާއިމުކުރެވުމުން ފުރަތަމަ އަހަރުގެ ތެރޭގައި ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ދަރަނި ކުޑަވެގެންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލް ގްރޫޕްއާ ހަވާލުކޮށްފައިވަނީ މާރިޗް މަހުގެ 13 ވަނަ ދުވަހުއެވެ.

އެގޮތުން އެއްބަސްވުމުގައި ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރަކިން ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާޖަށް ސަޕްލައި ކުރުމާއި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިން ހަބެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމެވެ. އަދި އެސްޓީއޯ ވެގެންދާނީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކާ ސަޕްލަޔަރަށެވެ.

އެސްޓީއޯ އިން ބުނެފައިވަނީ އިހަވަންދިއްޕޮޅުގައި ހަދާ ބަންކަރިން ފެސިލިޓީން ބޯޓުތަކައް ބޭނުންވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ ކަމަށާއި ޑިމާންޑް އޮތް ކަމުގައިވާނަމަ، ކުރިއައް އޮތް ތަނުގައި އެލްއެންޖީ އަދި ބަޔޯ ފިއުލްވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ވިޓޯލް ގްރޫޕަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކާއިރު، ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔަރު އަދި ސިންގަޕޯރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.





More from One Online