ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ކްލަބު މެޓްރިކްސްއަށް

Tue, 07 May 2024 04:43 PM

View on this article on One Online

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި ކްލަބު މެޓްރިކްސްއަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތަށި، ކްލަބު މެޓްރިކްސްއިން ހޯދައިފިއެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފަށާފައިވާ އިރު، މިފަހަރުގެ މުބާރާތުގައި އަށް ކުލަބަކުން ވާދަކޮށްފައިވެއެވެ. އެއީ ކުލަބް ގްރީން ސްޓްރީޓްސް, ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބް, ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބް, ކުލަބް ޝައިނިން ސްޓާ, ކްލަބު މެޓްރިކްސް, ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބް, ޒެނިތު ސްޕޯޓްސް ކުލަބް އަދި އެމްވީ ނެޓާސްއެވެ.

މިއަހަރުގެ ފައިނަލް މެޗުގައި ވާދަކުރީ ކްލަބު މެޓްރިކްސްއާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ. އެ މެޗު 73 ޕޮއިންޓް، 39 ޕޮއިންޓުން ކާމިޔާބުކުރީ މެޓްރިކްސްއެވެ.

ފައިނަލް މެޗަށްފަހު އެކިއެކި މަގާމުތަކަށް ޓްރޮފީ ހަވާލުކޮށް، ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ދީފައިވެއެވެ. މިއަހަރު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސްޕޯޓްސް ކްލަބު ޝައިނިން ސްޓާގެ އައިމިނަތު ސަދާ އިބްރާހީމެވެ. އެންމެ މޮޅު ކޯޗަކީ މެޓްރިކްސްއަށް ތަށި ހޯދައިން ކޯޗު، ނީޝާ ހަލީމެވެ.

ގައުމީ ނެޓްބޯޅައަށް ހާއްސަ ފެސިލީޓީއެއް ގާއިމުވެފައި ނެތުމަކީ ނެޓްބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށްވީ އިރު، ސަރުކާރުން ބުނެފައިވަނީ ނެޓްބޯޅައަށް އިންޑޯއެއް އެޅުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.





More from One Online