އިންޑިއާއަކީ ބޮޑު މާކެޓެއް، ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ: ފައިސަލް

Tue, 07 May 2024 04:42 PM

View on this article on One Online

އިންޑިއާއަކީ ބޮޑު މާކެޓެއް، ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ: ފައިސަލް

އިންޑިއާގެ މާކެޓު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު ކަމަށާއި އެ ގައުމުގެ ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގުޅުމެއް ކަމަށާއި ރާއްޖެއިން ބޭނުން ޖެހިއްޖެ ކޮންމެ ކަމެއްގައި އެ ގައުމުން އެހީތެރިވެދޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ ފަތުރުވެރިންނާއި އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގައި އެ ގައުމުން ހިއްސާވުމަށް އެދޭ ކަމަށެވެ.

"އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމެއް، އެހެންކަމުން އެއީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ޓޫރިޒަމްގައި އެންމެ ބޮޑަށް ޕްރޮމޯޓްކުރަނީ ރައްކާތެރިކަމާއި އަމަންއަމާންކަން ކަމަށާއި އިންޑިއާ ފަތުރުވެރިންނަށް ވެސް އެފަދަ ރައްކާތެރިކަމުގެ ކަށަވަރުކަން ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާ މިވަގުތު އޮތީ ލިސްޓުގެ ހަ ވަނައިގައެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 44،000 ފަތުރުވެރިންނެވެ.





More from One Online