8 އަހަރު ފަހުން ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރުގެ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި

Sat, 27 Jul 2024 08:15 AM

View on this article on NewsLab

8 އަހަރު ފަހުން ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރުގެ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި

ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 100 މީޓަރުގެ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިއާ މިރްސާދު މުގުރާލައިފިއެވެ.



އުމުރުން 13 އަހަރުގެ ތަޒްކިއާ މި ރެކޯޑް އައުކޮށްފައިވަނީ ސްރީ ލަންކާ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކޮށްގެންނެވެ. ތަޒްކިޔާ މި ރެކޯޑު އައުކޮށްފައި ވަނީ 1:05:53 ސިކުންތުންނެވެ.

ސްރީ ލަންކާގެ ނޭޝަނަލް ޖޫނިއާ ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ތަޒްކިއާ އައުކޮށްފައިވަނީ 2:51:26 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން މި ރެކޯޑު ހަދާފައިވަނީ 2016 ވަނަ އަހަރު ބޭއްވި ރިއޯ އޮލިމްޕިކްސް ގޭމްސްގައެވެ. އެއީ 1:05:71 ސިކުންތުންނެވެ. އަދި އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީފާ ވޯލްޑް ޗެމްޕިއަންޝިޕްގައެވެ.



More from NewsLab