ސްޕާއެއްގައި ހަށިވިއްކާކަމަށް ތުހުމަތު ކުރެވިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Sat, 27 Jul 2024 08:06 AM

View on this article on NewsLab

ސްޕާއެއްގައި ހަށިވިއްކާކަމަށް ތުހުމަތު ކުރެވިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

އއ ރަސްދޫގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާކަމަށް ތުހުމަތު ކުރެވިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.



ފުލުހުން މައުލޫމާތު ދިން ގޮތުގައި ހަށިވިއްކާކަމަށް ތުހުމަތު ކުރެވުނު ސްޕާއަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ސްޕާއެކެވެ. އަދި މި މައްސަލައާ ގުޅިގެން ޖުމްލަ 3 ބިދޭސީއަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ 42 އަހަރުގެ ބިދޭސީ އަންހެނަކާއި 27 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ރަސްދޫގެ ސާހިލްގޭގައި ސްޕާއެއްގެ ނަމުގައި ހިންގަމުން އަންނަ “ބްލޫ ވެލި ސެލޫން އެންޑް ސްޕާ”ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފުލުހުންނަށް މައްސަލައެއް ރިޕޯޓުކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ސްޕާ ބަލައި ފާސްކޮށްފައެވެ.

ރާއްޖޭގައި މި ފަދަ ވިޔަފާރިއެއް ބިދޭސީންނަށް ހިންގޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ.



More from NewsLab