މިނިވަންދުވަހުގެ ޕެރޭޑު ދެން އޮންނާނީ އަންނަ މަހު

Sat, 27 Jul 2024 07:53 AM

View on this article on NewsLab

މިނިވަންދުވަހުގެ ޕެރޭޑު ދެން އޮންނާނީ އަންނަ މަހު

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި އިއްޔެ ހަވީރު ބާއްވަން އުޅުނު އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމާއި ކެޑޭޓުންގެ ޕެރޭޑު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.



މި މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން އިއްޔެ ވަނީ އެކްސްގައި ޕޯސްޓެއް އާންމުކޮށްފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މިނިވަންދުވަހުގެ ޕެރޭޑު ދެން އޮންނާނީ އަންނަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ.

މި ޕެރޭޑާ ގުޅިގެން އިއްޔެ ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން އޮތީ މަނާކޮށްފައެވެ. ނަމަވެސް ޕެރޭޑު ބޭއްވުމަށް ގެނެވުނު ބަދަލާ އެކު އެ ނިންމުން ވެސް އިއްޔެ ވަނީ އުވާލާފައެވެ.

މިނިވަން ދުވަހުގެ ޕެރޭޑު ކެންސަލް ކޮށްލާފައިވީ ނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ރޭ ވަނީ ސޯޝަލް ސެންޓަރުގައި ބާއްވައިފައެވެ. މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފައެވެ.



More from NewsLab