27 މީހުންނާއިއެކު ސަފާރިއެއް މ. ވޭވަށު ހުޅަނގު ފަރާތު ފަރަށް އަރައިފި

Sat, 27 Jul 2024 06:45 AM

View on this article on NewsLab

27 މީހުންނާއިއެކު ސަފާރިއެއް މ. ވޭވަށު ހުޅަނގު ފަރާތު ފަރަށް އަރައިފި

27 މީހުންނާއިއެކު “މައިނާ 1” ނަމަކަށް ކިޔާ ސަފާރިއެއް މ. ވޭވަށު ހުޅަނގު ފަރާތު ފަރަށް އަރައިފިއެވެ.



ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރޭ 12:19 ހާއިރު އެ ސަފާރީ ފަރަށް އަރައިގެން އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ސަފާރީ ފަރަށް އެރި އިރު، އޭގައި 18 ފަތުރުވެރިންނާއި 10 ފަޅުވެރިން ތިބި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ، ސަފާރީ ފަރަށް އެރީ ރޭ އައި ވިލާގަނޑެއްގައި ފަޅު ބޭރުގައި އަޅާފައި އޮތްވާ ނަގިލި ކަހާލައިގެން ކަމަށެވެ.

ސަފާރީ ފަރަށް އެރުމާއިއެކު ވޭވަށު ކައުންސިލުން ވަނީ އެސަރަދަށް ގޮސް ސަފާރީގައި ތިބި މީހުން ވޭވަށަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާރީ ފަރަށް އެރި ސަރަހައްދަށް އެރަށުގެ ދެ ޑިންގީއަކާއި ލޯންޗެއް ދިޔައިރު ސަފާރީގައި ތިބި މީހުން އޭރު ތިބީ މޫދުގައެވެ. އަދި އޭރު ސަފާރީގެ ބޮޑުބައެއް އޮތީ އަޑިއަށް ގޮސް އެއް އަރިއަކަށް އަރިވެފައި ކަމަށްވެސް މައުލޫމާތު ލިބިއެވެ.

ސަފާރީ އަދިވެސް ފުން ކުރެވިފައި ނުވާއިރު، ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.



More from NewsLab