މިރެޔާއި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މޫސުމާބެހޭ އިދާރާ

Fri, 26 Jul 2024 11:24 PM

View on this article on NewsLab

މިރެޔާއި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މޫސުމާބެހޭ އިދާރާ

ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ އަދި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.



އެއިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މީގެއިތުރުން، އެއިދާރާއިން ބުނެފައިވާ ގޮތުގައި މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން އެއިދާރާއިން ވަނީ މިއަދު ވެސް ދެފަހަރެއްގެ މަތިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ.

މިރޭ މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެ އިދާރާއިން ބުނީ، މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް މިރޭ ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާއިން ވަނީ ބުނެފައެވެ.



More from NewsLab