އިމިގްރޭޝަންސްގެ އޮޕަރޭޝަން: 4 ތަނެއް ބަލާ ފާސްކޮށް 16 މީހަކު އަތުލައިގަނެފި

Fri, 26 Jul 2024 10:40 PM

View on this article on NewsLab

އިމިގްރޭޝަންސްގެ އޮޕަރޭޝަން: 4 ތަނެއް ބަލާ ފާސްކޮށް 16 މީހަކު އަތުލައިގަނެފި

ގަވާއިދާ ހިފާލަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ 16 ބިދޭސީން އަތުލައިގެންފިއެވެ.



ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެހަތަރު ތަނުން 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ މިގޮތަށް އަތުލައިގަންނަ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ބުނެފައެވެ.

މިއޮޕަރޭޝަންގެ ތެރެއިން ހުސްވި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަނުން ވަނީ 2000 އަށް ވުރެއް ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފައެވެ. އަދި އޭގެފަހުންވެސް އިމިގްރޭޝަނުން ވަނީ ނުގަވާއިދުން އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައެވެ.



More from NewsLab