މަރާމާތުކުރުމަށް ޢިއްޒުއްދީން ފާލަން ބަންދުކޮށްފި

Sun, 05 May 2024 03:02 PM

View on this article on NewsLab

މަރާމާތުކުރުމަށް ޢިއްޒުއްދީން ފާލަން ބަންދުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދު ޤައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު މިނިވަންފަންސާހާއި ގުޅިގެން އައު ޑިޒައިނަކަށް ތައްޔާރުކޮށް ހުޅުވި މާލޭ ރަސްމީ ފާލަން، ޢިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްޓަކައި އެ ސަރަހައްދު ބަންދުކޮށްފިއެވެ.



ކުރިން ރަސްމީ ފާލަން ހުރި ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެމްޓީސީސީއާއި ހަވާލުކޮށް އޭރު ހެދި ޢިއްޒުއްދީން ފާލަން މަރާމާތުކުރުމަށްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އިއްޒުންދީން ފާލަން އާންމު ގޮތެއްގައި ބޭނުންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ދަތުރުތަކަށާއި، ސަރުކާރުގެ ހާއްސަ މުނާސަބަތުތަކަށާއި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުމަށެވެ.

ފާއިތުވި ސަރުކާރުތަކުގައި އެކަށޭނެ ގޮތެއްގައި މަރާމާތު ކުރެވިފައި ނުވުމުގެ ސަބަބުން އެ ފާލަން ވަނީ ވަރަށްބޮޑަށް ބާ ވެފައެވެ. އެގޮތުން ފާލަމުގެ ފިލާ ޑެކް ހާއްސަ ރަސްމިއްޔާތުތަކަށް މަރާމާތުކޮށް ރީތިކޮށް ހެދި ނަމަވެސް ފާލަމުގެ ރިޔާގެ ބައި މަރާމާތު ނުކުރާތީ އެ ބައިގެ ދަގަނޑު ފްރޭމުގައި ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފަ އެވެ.



More from NewsLab